ތަޞައްވުރު (ވިޝަން)
އެންމެންގެ ޝާމިލުވުން ހިމެނޭ، ކަށަވެތިކަމާއި ނަޒާހަތްތެރި އިންތިޚާބީ ނިޒާމެއްގެ ތެރެއިން ޑިމޮކްރެސީގެ އަސާސްތައް ދަމަހައްޓާ، ފުރިހަމަ އިތުބާރު ލިބިފައިވާ ނަމޫނާ މުއައްސަސާއަކަށް ވުން.
މިޝަން
އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްފައިވާ ނިޒާމުތަކާއި، ފިޔަވަޅުތަކާއި، ބެލެހެއްޓުމާއި ބަލަދުވެރިކަމުގެ ތެރެއިން ކާމިޔާބުކަމާއެކު ނަތީޖާ ނެރެދެވޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި ޑިމޮކްރެސީ އާލާކޮށް ދިރުވާ އެންމެންގެ ޝާމިލުވުން ކަށަވަރުކުރުމުގައި ބައިވެރިވުން.
މަގުދައްކައިދޭ އަސާސްތައް
ޒިންމާދާރުކަން :ކުރާ ކަންކަމުގައި ފުރިހަމަ ޒިންމާ އުފުލައި ރައްޔިތުންނަށް ޖަވާބުދާރީވުން.
ނަޒާހަތްތެރިކަން :ތެދުވެރިކަމާއި ފަންނުވެރިކަމާއެކު މަސައްކަތްކުރުން.
ދެފުށް ފެންނަ އުޞޫލު ހިފެހެއްޓުން: އިންތިހާބީ ކަންކަމުގައި ޙިއްޞާވާ ހުރިހާ ބައިވެރިންނާއި ޢާންމު ރައްޔިތުންނާއެކު ހާމަކަމާއެކު މުއާޞަލާތުކުރުމާއި އެންމެންނަށް ވެސް ވާޞިލުވެވޭ މުއައްސަސާއަކަށްވުން.
ވަކިފަރާތަކަށް ނުޖެހުން: ނިންމާ ނިންމުންތަކުގައާއި މަސައްކަތުގައި ވަކިފަރާތަކަށް ބުރަނުވެ އިންސާފުވެރިކޮށް ކަންތައްތައް ކުރުން.
މުސްތަޤިއްލުކަން: އެހެންފަރާތެއްގެ ނުފޫޒުން އެއްކިބައިވެ، މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކަންކަން ނިންމާ ޚިދުމަތްދިނުން.
ކަށަވެތިކަން (ކަށަވަރުކަން): ކަނޑައެޅޭ އުޞޫލުތަކެއް ހިފެހެއްޓުމާއި، ފަންނުވެރިކަމާއި ޤާބިލުކަމުގެ ތެރެއިން އިތުބާރާއި ޔަޤީންކަން ޤާއިމުކުރުން.
އެންމެން ޝާމިލުކުރުން: ރައްޔިތުން ބާރުވެރި ކުރުވާ، ހިއްސާވާ އެންމެހާ ފަރާތްތަކުގެ ފުޅާ ބައިވެރިވުން ފަހިކޮށްދިނުން.
އިޖާދީ: ދިރާސާއާއި އިޖާދީ ވިސްނުމާ އެކު ކުރިއަރުވާ ތަރައްޤީކުރުމަށް ބާރުއަޅާ، ކަންކަމުގެ ރަގަޅުގޮތް އުނގެނި ދަސްކޮށްގެން ޚިދުމަތްދޭ މުއައްސަސާއަކަށްވުން.