ޖ: އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހަކަށް
2. ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކަށް ފާހަގަ ޖަހައި ދިނުމަށް އެހީތެރިވެ ނުދެވޭނެ ފަރާތްތަކަކީ ކޮބާ؟
ޖ:
3. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކަށް ފާހަގަ ޖަހައި ދިނުމަށް އެކަކަށް އެހީތެރިވެދެވޭނީ ކިތައްފަހަރު؟
ޖ: 1 ފަހަރު
4. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ބަލައިގެން އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮން ފަރާތްތަކަކަށް؟
ޖ:
5.ވޯޓު ދިނުމުގެ ހައްޤު ލިބިގެންވަނީ ކޮންބަޔަކަށް؟
ޖ: އެ އިންތިޚާބެއް އޮންނަ ތާރީޚަށް 18 އަހަރުފުރިފައިވާ ކޮންމެ ދިވެހިރައްޔިތަކަށް
6. ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކޮންމެހެން ހުންނަންޖެހޭ މަޢުލޫމާތުތަކަކީ ކޮބާ؟
ޖ: ފުރިހަމަ ނަން، ދާއިމީ އެޑްރެސް، ޢުމުރު، ޖިންސު، އައިޑީކާޑް ނަންބަރު
7. ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމަނާ މަޢޫލޫމާތުގެ މައިގަނޑު މަސްދަރު ބިނާވަނީ ކޮން އިދާރާއަކުން ގެންނަ މަޢުލޫމާތަކަށް؟
ޖ: ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
8.ދިވެހިރާއްޖެ ބެހިފައިވަނީ ކިތައް އިދާރީ ދާއިރާއަށް؟
ޖ: 21 އިދާރީ ދާއިރާ
9.ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ، އެ ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ސޮއިގެ އަދަދަކީ ކޮބާ؟
ޖ: 50
10.ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުންނަމަ ފުރަތަމަ ހަދަންޖެހޭ ގޮތަކީ ކޮބާ؟
ޖ: ޕާޓީގެ މެންބަރުކަމުން ވަކިވުމަށްއެދި އެ ޕާޓީއަކަށް ސިޓީއަކުން ހުށަހެޅުން