Election Commission of Maldives


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލާ މީހުން ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރުމާއި، އިންތިޚާބަށް ޚާއްޞަ ބޭންކް އެކައުންޓް ހުޅުވުމާ ގުޅޭ

17 ޖެނުއަރީ 2024, 12:00 އިއުލާން

(IUL)38-AC/38/2024/47 :ނަންބަރ

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލާ މީހުން ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރުމާއި، އިންތިޚާބަށް ޚާއްޞަ ބޭންކް އެކައުންޓް ހުޅުވުމާ ގުޅޭ

2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، އިންތިޚާބަށް ޚާއްޞަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުޞަތު، ކެންޑިޑޭޓުންނަށް ފަސޭހަކުރުމުގެ ގޮތުން، ދުރާލާ ދިނުމަށް ކޮމިޝަނުން ބޭނުންވެއެވެ.

އެގޮތުން، 2023 ޑިސެންބަރު 14 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން އެދޭ މީހާއާއި އޭނާގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

ވީމާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ގޮތަށް، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހުން އިންތިޚާބަށް ޚާއްޞަ ބޭންކް އެކައުންޓް ހުޅުވުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވެސް ދަންނަވަމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ފުރިހަމަކުރަންޖެހޭ މި ދެންނެވި ކަންތައްތަކާ ގުޅޭ މަޢުލޫމާތު މި ޢިއުލާނާއެކު އެވަނީއެވެ. އަދި ދަންނަވަމެވެ. ރަސްމީ އިންތިޚާބީ އޭޖެންޓް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ކުށުގެ ރެކޯޑު ސާފުކުރާކަށް ނުޖެހޭނެއެވެ.

17 ޖަނަވަރީ 2024