Election Commission of Maldives


ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލްގެ ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

08 ފެބުރުއަރީ 2024, 12:00 އިއުލާން

(IUL)38-AC/38/2024/122 :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/35 ހަވާލާދީ ދަންނަވަމެވެ. 2024 ފެބުރުވަރީ 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލްގެ ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތައް ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށިތަކުގެ ކޯޑު، ވޯޓުފޮށިތަކުގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށިތައް ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

#

މާލެ،
އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު 1 ވަނަ ފަންގިފިލާ ކްލާސް ރޫމް 8A

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ވ. ފެލިދޫ އަދި ރ. ރަސްގެތީމު ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-1

T0.1

1

މާލެ،
އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު ކްލާސް ރޫމް 7A

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ފ. ފީއަލި، ފ. ބިލެތްދޫ އަދި ފ. މަގޫދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-2

T0.2

2

މާލެ،
އާ ދަރުމަވަންތަ ސްކޫލް ދެކުނު އިމާރާތު ކްލާސް ރޫމް 7B

މިފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ފ. ނިލަންދޫ އަދި ފ. ދަރަނބޫދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންނެވެ.

ބައި-އިލެކްޝަން، އަތޮޅު-މާލެ-3

T0.3

3

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2024