(IUL)38-BB/38/2024/188 :ނަންބަރު
އިޢުލާން
މ.މަޑުއްވަރީ ކައުންސިލްގެ ރައީސްއިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން – 30 މާރިޗް 2024
މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
މ.މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށްޓަކައި 2024 މާރިޗް 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2024 މާރިޗް 1 ވާ ހުކުރު ދުވަހުގެ 15:00 އިން ފެށިގެން،2024 މާރިޗް 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
(ހ) އިންތިޚާބު މޮނިޓަރ ކުރުމުގެހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
(ށ) ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
(ނ) ބައިނަލްއަޤުވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.
4. އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
(ށ) އިންތިޚާބުގެ މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
1. މޮނިޓަރަކަށްވުމަށް އެދޭ ފޯމު
2. މޮނިޓަރަކަށްވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. މޮނިޓަރަކަށްވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ މޮނިޓަރުންގެ އިޤުރާރު
4. ރޭޑިއޯ/ ޓީވީ ސްޓޭޝަން ނުވަތަ ނޫސް މަޖައްލާ އެއްގެ ރަޖިސްޓަރީ ކޮޕީ
5. އައި.ޑީ.ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުން ވާނަމަ، މޮނިޓަރަކަށް ވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ، JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.)
- ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.
(ނ) މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން
(މޮނީޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސެޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާނެއެވެ. އަދި މި މަޢުލޫމާތު ސެޝަން ފުރިހަމަނުކުރާ ފަރާތްތަކަށް ފާސް ދޫނުކުރެވޭނެއެވެ.)
މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މާރިޗް 1 ވާ ހުކުރު ދުވަހުގެ 15:00 އިން ފެށިގެން،2024 މާރިޗް 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް، އީމެއިލް މެދުވެރިކޮށެވެ. މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ.
މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.