Election Commission of Maldives


ރަމަޟާންމަހު ޚިދުމަތްދޭ ގަޑިއާ ގުޅޭ

05 މާޗް 2024, 12:00 އިއުލާން

(IUL)38-BC/38/2024/198 :ނަންބަރު

އިޢުލާން

ރަމަޟާންމަހު ޚިދުމަތްދޭ ގަޑިއާގުޅޭ

1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އިލެކްޝަންސް ކޮމިޝަނުން ޚިދުމަތްދެމުން ގެންދާނެ ގަޑިތައް ތިރީގައި އެވަނީއެވެ.

ރިސެޕްޝަންގެ ޚިދުމަތް

ރަސްމީ ދުވަސްތައް: 09:30 އިން 13:00 އަށް

ހޮނިހިރު ދުވަހު: 10:00 އިން 13:00 އަށް

ހުކުރު ދުވަހު: 14:00 އިން 16:00 އަށް

1414 ކޯލް ސެންޓަރުގެ ޚިދުމަތް

ރަސްމީ ދުވަސްތައް: 09:30 އިން 16:00 އަށް، 21:30 އިން 23:00 އަށް

ހޮނިހިރު ދުވަހު 10:00 އިން 13:00 އަށް

ހުކުރު ދުވަހު: 14:00 އިން 16:00 އަށް

އަދި މިކޮމިޝަނުގެ ނަންބަރު (IUL)38-CB./38/2024/111 އިޢުލާނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައި ވީނަމަވެސް، ރަމަޟާން މަހުގެ ފަހު 10 ގައި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް [email protected] މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

05 މާރިޗު 2024