(IUL)38-CA/38/2022/127:ނަންބަރު
އިޢުލާން
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން
މިކޮމިޝަންގެ ނަންބަރު (IUL)38-DA/38/2022/98 އަދި (IUL)38-DA/38/2022/108 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2022 މޭ 16 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލިމާލެ ދާއިރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެކަމަށް މިކޮމިޝަނަށް ފެންނާތީއާއި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ ތަން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާތީ، ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި 2022 މޭ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބަދަލުކޮށްފީމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.