ނޫސް ބަޔާން
ޤާނޫނު ނަންބަރު: 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އިން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގު ފަހިކޮށްދީފައިވަނީ، ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ޙުދޫދުގެ ތެރޭގައި ކަމަށްވާތީ، ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ޙަރަކާތްތައް، ޤާނޫނާއި ގަވާއިދުގެ ޙުދޫދުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ދައުލަތުގެ ޚާރިޖީ ސިޔާސަތުތަކާއި ޚާރިޖީ ގުޅުންތަކަށް އިޙްތިރާމުކުރުމާއެކު ކުރިއަށް ގެންދެވުމަށާއި ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މިކޮމިޝަނުން އިލްތިމާސްކުރަމެވެ.
ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އަބަދުވެސް މިކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.
24 މާރިޗް 2022
21 ޝަޢްބާން 1443