Election Commission of Maldives


2022 ޖޫން 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި، ކުރިޔަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި، ހަމަނުޖެހުން ހިންގުމާ ގުޅޭ

21 ޖޫން 2022, 12:00 ނޫސް ބަޔާން

ނޫސް ބަޔާން

2022 ޖޫން 21  – 21 ޛުލްޤަޢިދާ 1443

          މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުން، ގަލޮޅު ރަސްމީ ދަނޑުގައި،  2022 ޖޫން 21 ވަނަ ދުވަހުގެ ހެނދުނު ކުރިޔަށް ގެންދިޔަ ޙަރަކާތަށް ހުރަސްއަޅައި އެ ޙަރަކާތުގައި ބައިވެރިވި ބޭރުގެ ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި ޢާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި، ބައެއް މީހުންނަށް ޙަމަލާދީ، އަދި ތަކެއްޗައް ގެއްލުން ދީފައިވާތީ، މި ނާތަހުޒީބު ޢަމަލު އިލެކްޝަންސް ކޮމިޝަނުން ކުށްވެރި ކުރަމެވެ.

          މި މައްސަލައިގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތްކަމަށް ދިވެހިފުލުހުންގެ ޚިދުމަތުން ކުރައްވާ ތަޙުޤީޤުން ސާބިތުވެއްޖެނަމަ، އެ ޕާޓީއަކާ މެދު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.