ނޫސްބަޔާން
ޤާނޫނު ނަންބަރު 2013/4 (ސިޔާސީޕާޓީގެ ޤާނޫނު) ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް، ދިވެހި ރައްޔިތުންގެ ޕާޓީއަށް އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 3 (ތިނެއް) މަސް ދުވަހުގެ މުއްދަތު ދެވި އެމުއްދަތު 2022 އޮކްޓޯބަރ 25 އަށް ހަމަވިއިރު، 3000 (ތިންހާސް) މެންބަރުން އެ ޕާޓީއަށް ހަމަވެފައި ނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޕާޓީ އުވާލުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ކޮމިޝަނުންވަނީ އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ.
އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ޙަރަކާތެއް ނުހިންގުމަށާއި، ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައެވެ.
13 ޑިސެންބަރ 2022