Election Commission of Maldives


ނޫސް ބަޔާން

06 ޖޫން 2023, 10:00 ނޫސް ބަޔާން

ނޫސް ބަޔާން

ތާރީޚް: 06 ޖޫން 2023 (އަންގާރަ)                             ނަންބަރު: (PR)38-CB./38/2023/3

 

މި ކޮމިޝަނުން "ދަ ޑިމޮކްރެޓްްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ މަޢުލޫމާތު ލީކްކޮށްލާފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ޚަބަރާ ގުޅިގެން ދަންނަވަމެވެ. މިފަދަ އެއްވެސް ކަމަކީ މި ކޮމިޝަނުގެ ތެރޭގައި ހިނގާފައިވާ ކަންކަމެއް ނޫނެވެ. އަދި މިފަދަ އެއްވެސް އަމަލެއް، މި ކޮމިޝަނުގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާކަން އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަމެވެ.

ރިޔާސީ އިންތިޚާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނާއި، ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަނާ މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ.