ނޫސް ބަޔާން
ތާރީޚް: 11 ޑިސެންބަރު 2023 - 27 ޖުމާދުލްއޫލާ 1444 ނަންބަރު: (PR)38-BC/38/2023/6 |
ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލި ކެންޑިޑޭޓުންގެ މާލީ ބަޔާނާގުޅޭ
ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލި 08 ކެންޑިޑޭޓުންގެ މާލީ ބަޔާން މި ކޮމިޝަނަށް ލިބި، އެ ބަޔާންތައް ކޮމިޝަނުން ދިރާސާކުރުމަށްފަހު، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތައް ހުށަހަޅާފައިވާ ކެންޑިޑޭޓުންނާއި، އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓާ މެދު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފިޔަވަޅު އެޅުމަށް މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާއިން ވަނީ ނިންމާފައެވެ.
މިގޮތުން، ރިޔާސީ އިންތިޚާބަށް ކުރިމަތިލި ތިރީގައި މިދަންނަވާ 5 ކެންޑިޑޭޓުން ކުރެ، ކޮންމެ ކެންޑިޑޭޓަކު -/20000 (ވިހިހާސް) ރުފިޔާ، އަދި 5 ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އެޖެންޓް -/6000 (ހަ ހާސް) ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށް އެ ފަރާތްތަކަށް ކޮމިޝަނުން މިއަދު ވަނީ އަންގާފައެވެ.